ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
ޝިޔާމްގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރުމާ ގުޅިގެންނެވެ.
އިދިކޮޅު މެންބަރުން މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ. އެ މެންބަރުން އިހުތިޖާޖު ކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ.
ޗާގޯސްގެ މައްސަލައިގައި ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ގޮތެއް ނިންމާނެއެވެ.