Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

މަޖިލިސް ޗުއްޓީ އަށް!

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަކަށް ގޮސްފިއެވެ.

މިއަދު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ކޮތަޅުން ފީ ނެގުމުގެ މައްސަލައިގައި ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައެއްނުވެއެވެ.

މިއަދުގެ ޖަލްސާގައި އެކި ރިޕޯޓްތަކަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައި އޮތްނަމަވެސް، މަސައްކަތް ނިންމާ ވޯޓަށް އެހުނީ ދެ ރިޕޯޓަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަކަށެވެ.

އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު މޭ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނއިރު ތިންވަނަ ދައުރު އޮގަސްޓް މަހު 16 އިން ނޮވެމްނަރު މަހުގެ ނިޔަލަށް ހިނގާނެކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.