Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

މުލި އެއާޕޯޓްގެ ރަންވޭގެ އޭބިސީ މަސައްކަތް ފަށައިފި

މ. މުލި އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް 27 އޭޕްރީލް 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާ އިމާރާތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މ. މުލި އެއާޕޯޓްގެ މަޝްރޫއަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.