Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 77ރ. ބަހަން ހުށަހަޅައިފި

2022 ވަނަ އަހަރު ބޭއްވި އެސްޓީއޯ އާންމު އަހަރީ ޖަލްސާ / ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާއަކަށް މިއަހަރު 77ރ. ބަހަން އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް 77ރ. ބަހަން ނިންމާފައިވާއިރު މިއީ މިދިޔަ އަހަރަށް ވުރެ 12ރ. އިތުރު އަދަދެކެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު ހިއްސާއަކަށް ބަހަން ނިންމާފައިވަނީ 65ރ. އެވެ. އަދި އޭގެ ކުރިން 2021 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 60ރ. އެވެ.

އެސްޓީއޯގެ ބޯޑުން 77ރ. ހިއްސާއަކަށް ބަހަން ނިންމާފައިވާއިރު މިއަހަރު އަހަރީ އާންމު ޖަލްސާއަށް މި އަދަދު ބެހުމަށް ހުށަހަޅާނެއެވެ. ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމުންނެވެ.

އެސްޓީއޯގެ 4 ވަނަ ކުއާޓާގެ އޮޑިޓް ނުކުރާ ރިޕޯޓް ދައްކާގޮތުން އެކުންފުންޏަށް 2022 ވަނަ އަހަރު 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.