Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ފިލްމުފެއާ އެވޯޑްސް: މޮޅު ބަތަލާ އަކީ އާލިއާ

ރޭ ބޭއްވި މި އަހަަރުގެ 68 ވނަ ފިލްމު އެވޯޑްސްގެ މޮޅު ބަތަލާގެ މަގާމު އާލިއާ ބަޓަށް ލިބިއްޖެ އެވެ.

އޭނަ އަށް އެވޯޑް ލިބުނީ މިދިޔަ އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" ގައި ކުޅުނު ރޯލަށެވެ. އާލިއާ އަކީ 2018 ގެ "ރާޒީ" އިން ވެސް ފިލްމުފެއާގެ މޮޅު ބަތަލާގެ މަގާމު ހޯދާފައިވ ތަރިއެކެވެ.

"ގަންގޫބާއީ ކަތިއަވާޅީ" އިން ހުނަރުވެރި ބަތަލާ އެވޯޑް ހޯދި އިރު، އެންމެ މޮޅު ޑައިރެކްޓަރަކީ އެ ފިލްމު ހެދި ސަންޖޭ ލީލާ ބަންސާލީ އެވެ. އަދި އެންމެ މޮޅު ފިލްމަކީ ވެސް "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އެ ފިލްމު ގެންދިޔަ އިތުރު އެވޯޑްތަކުގެ ތެރޭގައި ފިލްމުގެ ލަވަ "ދޯލީދާ" އަށް ލިބުނު އެންމެ މޮޅު ކޮރިއޯގްރަފީ އެވޯޑާއި މޮޅު ޕްރޮޑަކްޝަން ޑިޒައިން އާއި މޮޅު ޑައިލޮގާއި މޮޅު ސިނަމަޓޯގްރަފީ އާއި މޮޅު ކޮސްޓިއުމާއި އާރްޑީ "ދޯލީދާ" ލަވައިން ކްރޫތީ މަހޭޝް އަށް ލިބުނު އާރްޑީ ބަރްމަން އެވޯޑް ފޯ އަޕްކަމިން ޓެލެންޓް ހިމެނެ އެވެ.

ފިލްމުފެއާގެ އުސްއަލިތައް:

* މޮޅު އެކްޓަރު: ރާޖްކުމާރު ރާއޯ ބަދާއި ދޯ
* މޮޅު ފިލްމު ކްރިޓިކްސް: ބަދާއީ ދޯ
* މޮޅު ބަތަލާ ކްރިޓިކް: ތައްބޫ (ބޫލް ބުލައްޔާ 2)، ބޫމީ ޕިޑްނޭކަރް (ބަދާއި ދޯ)
* މޮޅު އެކްޓަރު ކްރިޓިކްސް: ސަންޖޭ މިޝްރާ (ވަދު)
* މޮޅު ސަޕޯޓިން އެކްޓަރު: އަނިލް ކަޕޫރް (ޖުގް ޖުގް ޖިއޯ)
* މޮޅު ސަޕޯޓިން ބަތަލާ: ޝީބާ ޗައްޑާ (ބަދާއީ ދޯ)
* މޮޅު ވާހަކަ: ބަދާއީ ދޯ
* މޮޅު ސްކްރީންޕްލޭ: ބަދާއީ ދޯ
* މޮޅު އާ އެކްޓަރު: އަންކުޝް ގެދަމް (ޖުންދު)
* މޮޅު އާ ބަތަލާ: އެންޑްރިއާ ކެވިސޫޗާ (އަނޭކް)
* މޮޅު އާ ޑައިރެކްޓަރު: ޖަސްޕަލް ސިންގް ސަންދޫ/ރަޖީވް ބަރްންވަލް (ވަދު)
* މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: އަރިޖިތު ސިންގް (ކޭސަރިޔާ/ބްރައްމަސްތުރާ)
* މޮޅު އަންހެން ލަވަކިޔުންތެރިޔާ: ކަވީތާ ސޭތު (ރަންގިސާރީ/ޖުގް ޖުގް ޖިއޯ)
* މޮޅު ޅެން: ކޭސަރިޔާ (ބުރައްމަސްތުރާ)
* މޮޅު: އެކްޝަން: ވިކްރަމް ވޭދާ
* މޮޅު ވީއެފްއެކްސް: ބްރައްމަސްތުރާ
* މޮޅު އެޑިޓިން: އޭން އެކްޝަން ހީރޯ
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: ޕްރޭމް ޗޯޕްޅާ

ސަލްމާން ޚާނާއި މަނީޝް ޕޯލް ހޯސްޓްކުރި 68 ވަނަ ފިލްމުފެއާ އެވޯޑްސްގައި ތަރިންތަކެއް ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، ޖެކްލިން ފެނަންޑޭޒް އަދި ޓައިގާ ޝްރޮފް ހިމެނެ އެވެ.

މި އެވޯޑް ހަފުލާގެ ރެކޯޑިން މިރޭ ރާއްޖެ ގަޑިން 8:30 ގައި ކަލާސް ޗެނެލުން ގެނެސްދޭނެ އެވެ.