Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ފުލުހުންގެ ވަޒީފާ އަށް ވަންނަން އިތުރު މުއްދަތެއް

ފުލުހުންގެ ވަޒީފާ އަށް މި މަހުގެ ތެރޭގައި ހުޅުވައިލުމުން ސުންގަޑި ހަމަވި އިރު ލިބުނު ތަރުހީބު ކުޑަވުމާ ގުޅިގެން ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްި އެވެ.

މިހާރު ސުންގަޑި އަކީ އަންނަ މަހުގެ 7 އެވެ. ކުރިން ދިން ސުންގަޑި ހަމަވީ މި މަހުގެ 18 އަށެވެ.

ފުލުހުން ބުނީ މުއްދަތު އިތުރުކުރި ނަމަވެެސް ކުރިން ދިން ސުންގަޑީގައި ފޯމް ހުށަހެޅި މީހުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ މީހުންނަކީ ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ލޯ، ލޯ އެންފޯސްމަންޓް، މެނޭޖްމަންޓް، ސޯޝަލް ސައިންސް، ސައިކޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޕޮލިޓިކަލް ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި އެ މީހަކީ އުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެ އެވެ.