Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އެފްރިކާގެ އަންހެނުންގެ ސަމިޓަކަށް މާރިއާ

އަންނަ މަހު އެފްރިކާގައި ބާއްވާ އަންހެނުންގެ ސަމިޓެއްގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ބައވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ސަމިޓަކީ އަންނަ މަހުގެ 11-12 އަށް ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ބާއްވާ އެފްރިކަން ވިމެން ސަމިޓްގެ 4 ވަނަ އެޑިޝަނެވެ.

މާރިޔާ ހިމެނިވަޑައިގަންނަވަނީ ސަމިޓްގައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ އިސް ބޭފުޅުންގެ ތެރޭގަ އެވެ. މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ މާރިޔާ ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.

މި ފަހަރުގެ ސަމިޓްގެ ތީމަކީ "ވިމެން ޑްރައިވިން އިމްޕްކެޓް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އިން އެފްރިކާ" އެވެ.