Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ތޮއްޑޫގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބިދޭސީންތަކެއްގެ މެދުގައި އއ. ތޮއްޑޫގައި މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ތޮއްޑޫގައި ބަންގްލަދޭޝް މީހެއްގެ ކަރަށް ވަޅި ހެރ އިންޑިއާ މީހެކެވެ. އިއްޔެ ރޭގެ މި ހާދިސާ ހިނގާފައި ވަނީ ތޮއްޑޫ ރެސްޓޯރެންޓެއްގެ ތެރޭ މާރާމާރީ ހިންގިކަމުގެ ރިޕޯޓް ލިބުނީ އިއްޔެރޭ އިރާކޮޅު ކަމަށެވެ. އެ ހާދިސާގައި ޒަހަމްކޮށްލީ 26 އަހަރުގެ މީހަކަށެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ 22 އަހަރުގެ މީހެއް ކަމަށާއި އޭނަގެ ބަންދަށް ބޮޑުފުޅަދޫ މެޖިސްޓްރޭޓް ކޯޓުން 7 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.