ލ. އަތޮޅު ގަމާއި ފޮނަދޫގައި ލަގްޒަރީ ދެ ލަގްޒަރީ ހޮޓާ އަޅައިދޭން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ހުށަހަޅައިފި އެވެ.
ފޮނަދޫ ކައުންސިލުން ބުނީ އުއްޗުގެ ފަރާތުން އެފަދަ ހުށަހެޅުމެއް ލިބިފައިވާތީ އެކަމާ ގޮތެއް ނިންމައި ވަރަށް އަވަހަށް އުއްޗުގެ ޗަމްޕާ ބްރަދާސް ޖަވާބެއް ދޭނެ ކަމަށެވެ. ފޮނަދު އާއި ގަމުގައި ލަގްޒަރީ ހޮޓާތަކެއް އަޅައިދޭން ދެ ރަށުގެ ކައުންސިލަށް އުއްޗުގެ ފަރާތުން ހުށަހެޅީ ރައްޔިތުންނާ ހިއްސާވެގެންއެކަން ކުރާ ގޮތަށެވެ.
އުއްޗު އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ރިސޯޓް ވިޔަފާރި ހިންގާ އެކެކެވެ.