Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އިއްލެ "ފްރީ ޑެލިވަރީ" އަށް ނުކުންނަނީ

ބަތަލާ ރިޝްމީއާ އެކީ އިއްލެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ބަވަތި" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "ފްރީ ޑެލިވަރީ" ގެ ނަމުގައި އާ ފިލްމެއް ގެނެސްދޭން އުޅޭކަން އިއުލާންކޮށްފި އެެވެ.

މިއީ އޭނަގެ އައި ފިލްމްސްއާ ގުޅިގެން ބައެއް އުދެއްދުންތައް ގެނެސްދިން ކަޒްމިކް އިންޓަނޭޝަނަލް އަށް ހަދާ އެއްޗެކެވެ. އިއްލެ ލިޔެ، ޑައިރެކްޓްކުރާ ގޮތަށް "ފްރީ ޑެލިވަރީ" ގެ ޓައިޓްލް ލޯގޯ އިއްޔެ ރޭ ދައްކައިލި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަަފުސީލެއް ނެތެވެ. އެކަމަކު ވަރަށް އަވަހަށް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.

ކަޒްމިކް އިން އާ ފިލްމެއް އިއުލާންކޮށްފައި މި ވަނީ 2021 ގެ ފަހުކޮޅު ހަމަ އިއްލެ ލިޔެ، ޑައިރެކްޓްކުރާ ގޮތަށް "ޖޯޑެއްގެ ސާފު ލޯބި" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރުގައި އިއުލާންކުރި ކަޒްމިކްގެ ފުރަތަމަ ފީޗާ ފިލްމާ ބެހޭ އިތުރު ވާހަކައެއް ފަހަކުން ނެތެވެ. އަދި "ފްރީ ޑެލިވަރީ" އިއުލާންކޮށްފައި މި ވަނީ ކަޒްމިކްގެ ފުރަތަމަ ފީޗާ ފިލްމުގެ ގޮތުގަ އެވެ.

ދެހާސް ނަވާރައިގެ "ބަވަތި" އަށް ފަހު އިއްލެ ވަަނީ "ނީނާ" ގެ ނަމުގައި ވެސް ފީޗާ ފިލްމެއް ހަދައިފަ އެވެ. އެކަމަކު ކޮވިޑާ ހެދި ފަސްކުރަން ޖެހުނު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފަހުން އިއްލެ ގެނެސްދިން އުފެއްދުންތަކުގެ ތެރޭގައި ދިރާގު ޓީވީ އަށް ގެނެސްދިން "ބިރުވެރި ވާހަކަ" ބައިސްކޯފަށް ގެނެސްދިން ވެބް ސީރީޒް "މަޒްލޫމް" ހިމެނެ އެވެ.