ރާއްޖޭގެ އަށް އަަތޮޅަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.
ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށް އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެލާޓް ނެރެފައިވާ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ބާރަށް ގުގުރާނެ ކަަމަށް ލަފާކޮށްފައިވެ އެވެ.
Alert yellow for heavy rain with moderate thunderstorms. pic.twitter.com/ypT5dN8wFN
— Maldives Meteorology (@MetMaldives) April 29, 2023
ރާއްޖެ އަށް ވިއްސާރަވާން ފަށާފައި މި ވަނީ ހޫނު ގަދަ ދުވަސްތަކަކަށް ފަހު އެވެ.
މިއަދު 8 އަތޮޅަކަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައިވެ އެވެ. އެއީ ހެނދުނު 7:15 އިން މެންދުރު ފަހު 1:00 އާ ހަމައަށެވެ.