"ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުން ޖޯން އަބްރަހަމް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ވިލަންގެ ރޯލުން އޭނަ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، ފާހަގަކޮށްލެވޭ ކަމަކީ "ދޫމް" ގެ ފެށުން ކަމަށްވާ 2004 ގެ ފިލްމުގެ ވިލަން އަކީ ވެސް ޖޯން ކަމެވެ. މީގެ ހަތަރު ވަނަ ބައިގެ ކާސްޓްގައި ޖޯން ހިމެނޭނެ ކަމަށް ބުނެ މީޑިއާތަކުގައި ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ފިލްމު އުފައްދާ ޔާޝްރާޖް ފިލްމްސް އިން އަދި ވަކި އެއް އެއްޗެއް ނުބުނެ އެވެ.
ޖޯން އަކީ އެ ސްޓޫޑިއޯ އިން ޖެނުއަރީގައި ގެނެސްދިން ޝާހްރުކް ޚާންގެ "ޕަތާން" ގެ ވެސް ވިލަން އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ޖޯންގެ މަގުބޫލުކަން ވެސް ބޮޑުވެ، އެކްޝަން ރޯލުތަކަށް ހާއްސަ އިސްކަމެއް ދޭން ދޭން ވަނީ ނިންމައިފަ އެވެ.
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފްރެންޗއިޒްތަކުގެ ތެރޭގައި ހިމެނޭ "ދޫމް" ގެ ތިން ވަނަ ފިލްމު އާމިރު ޚާނާ އެކީ ގެނެސްދިނީ 2013 ގަ އެވެ. އަދި "ދޫމް 2" ރިތިކް ރޯޝަނާ އެކީ ގެނެސްދިނީ 2006 ގަ އެވެ.
"ދޫމް" ފްރެންޗައިޒްގައި ކޮންމެ ފަހަރަކު ވިލަން އާއި ބަތަލާއިން ބަދަލުވި ނަމަވެސް މީގެ ކާސްޓްގައި އަބަދު ވެސް އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ ހިމެނެ އެވެ. އަދި ފިލްމުގެ އަސްލު "ހީރޯ" އަކީ އަބަދުވެސް ވިލަން އެވެ.