Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ކަނޑުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން ކަމަށް ވިދާޅުވެ، ޗާގޯސް މައްސަލާގައި ސަރުކާރަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ފާޑު ވިދާޅުވެއްޖެ އެވެ.

މި އަަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވާފައިވާ މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދަކުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބީއެއް ނޫން ކަމަށެވެ.

"މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަން ޖެހޭނެ." އޭނަ ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުން މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން އިއްޔެ ވަނީ ރާއްޖެއަށް ބޮޑުބައެއް ލިބޭ ގޮތަށް އިމުގެ މައްސަލަ ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށް ނިންމާފައިވެ އެވެ. އަދި މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

މި ގޮތަށް ނިންމުމާ ގުޅިގެން މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.