Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

އަނގޮޓިއެއްގައި 50،000 ޖަވާހިރު

މިހާތަނަަށް އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓި ހަދައިގެން އިންޑިއާ އިން މިދިޔަ އަަހަރު ހަދާފައި އޮތް ރެކޯޑް އެ ގައުމުން އާ އަނގޮޓިއަކާ އެކީ އާކޮށްފި އެވެ.

އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ އެޗްކޭ ޑިޒައިންސް އާއި ހަރީ ކްރިޝްނާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މި އަނގޮޓީގައި ޖުމްލަ 50،907 ޖަވާހިރު ހިމެނެ އެވެ. މަލެއްގެ މަތީގައި ކޮކާލެއް އިންނަ ގޮތަށް އަދި ރިއްސާއި ރަން ކުލައިން ހަދާފައިވާ މި އަނގޮޓި އަށް ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓީގެ ރެކޯޑް ރަސްމީކޮށް ދީފަ އެވެ.

މި އަނގޮޓި އުފައްދާފައި ވަނީ ރީސައިކަލްކުރި ރަނާއި އަލުން "މަށާފައިވާ" ކުދިކުދި ޖަވާހިރުތަކުންނެވެ. އަނގޮޓީގެ ބަރުދަނަކީ 460.55 ގްރާމެވެ.

އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓީގެ ރެކޯޑް މިދިޔަ އަހަރު ހޯދި އަނގޮޓީގައި އިނީ 24،679 ޖަވާހިރެވެ. އެ އަނގޮޓި އަކީ އިންޑިއގެ ކުންފުންޏެއް ކަމަށްވާ އެސްޑަބްލިއުއޭ ޑައިމަންޑްސްގެ އުފެއްދުމެކެވެ.