Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ސޮނީގެ "ބަޅޭ އައްޗޭ 2" ހުއްޓާލަނީ

ސޮނީ ޓީވީން ގެނެސްދޭ ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން ދޭއް ހުއްޓާލައި، އޭގައި ކުރިން ލީޑް ރޯލު ކުޅުނު ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރާ އެކީ އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިި އެވެ.

މުނިފޫހި ޚަަބަރުތައް ގެނެސްދޭ ބއެއް މީޑިއތަކުން ބުނި ގޮތުގައި ސިލްސިލާ ވަރަށް އަވަހަށް ހުއްޓައިލާނެ އެވެ. އަދި ނަކުލް އާއި ޑިޝާގެ ހިތްގައިމު އާ ސިލްސިލާއެއް ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އެވެ.

އެ ދެ ތަރިން "ބަޅޭ އައްޗޭ ލަގުތޭ ހޭ 2" އިން ވަކިވީ ބޮޑެތި ދަރިންތަކެއް ދަރިންގެ ރޯލު ކުޅެން ޖެހުމުން، ދުވަސްވީ މީހުންގެ ކެރެކްޓާ ކުޅެން ބޭނުން ނުވާތީ އެވެ.

އެ ސިލްސިލާގެ މިހާރު މައިގަނޑު ތަރިންނަކީ ފެބްރުއަރީ މަހުން ފެށިގެން ނިތީ ޓޭލާ އާއި ސަންދީޕް ރާއީ އެވެ.

"ބަޅޭ އައްޗޭ ލަގުތޭ ހޭ 2" އަކީ ސޮނީން 2011-2014 އަށް އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދިން "ބަޅޭ އައްޗޭ ލަގުތޭ ހޭ"ގެ ދެވަނަ ސީޒަނެވެ. ކުރީގެ ސިލްސިލާގައި ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރެވެ. ދެވަނަ ސީޒަން ދައްކަން ފެށީ 2021 ގެ އޮގަސްޓްގަ އެވެ. އަދި މިހާތަނަށް 435 އެޕިސޯޑް ގެނެސްދީފައިވެ އެވެ.