Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

މި އަހަރު އިތުރު 6 ރިސޯޓެއް ހުޅުވާނެ

މި އަހަރުގެ ތެރޭގައި އިތުރު ހަ ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ މިހާތަނަށް މުޅިން އަލަށް ދެ ރިސޯޓެއް ހުޅުވި އެވެ. އެއީ ވ. އަތޮޅުގައި ހުޅުވި ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓާއި ބ. އަތޮޅުގައި ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ބާރަށް ކުރިއަރަމުން އަންނަ އިރު، އިތުރު ހަ ރިސޯޓެއް ހުޅުވައި ބެޑް ކެޕޭސިޓީ އިތުރުވުމަކީ ލިބޭ ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

މި އަހަރު ހުޅުވާނެ އިތުރު ހަ ރިސޯޓަކީ:

* ރ. ކުޑަކުރަތުގައި ތަރައްގީކުރާ 400 އެނދުގެ ރިސޯޓް
* ބ. ބޮޑުފިނޮޅުގައި ތަރައްގީކުރާ 200 އެނދުގެ ރިސޯޓް
* ޅ. މާބިންހުރާގައި ތަރައްގީކުރާ 408 އެނދުގެ ރިސޯޓް
* ޅ. ދެރުފިނޮޅުގައި ތަރައްގީކުރާ 172 އެނދުގެ ރިސޯޓް
* އދ. ބޮޑުފިނޮޅުގައި ތަރައްގީކުރާ 200 އެނދުގެ ރިސޯޓް
* ކ. އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީކުރާ 260 އެނދުގެ ރިސޯޓް

މިހާރު ރާއްޖޭގައި 170 ރިސޯޓް ހިންގާ އިރު، އެއީ 41،241 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން މި މަހުގެ 26 އާ ހަމައަށް 666،830 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިދިޔަ އަހަރު 1.6 މިލިއަން ޓޫރިސްޓުން އަ އެވެ.