Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ސަޕްނާ އެނބުރި އަތުވެއްޖެ، މިރޭ ފެންނާނެ

ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކުރިން ހިމެނުނު އެންމެ މަޖާ އެއް ކެރެކްޓާ ކަމަށްވާ ކުރުޝްނާ އަބީޝެކް ކުޅެމުން އައި ސަޕްނާގެ ކެރެކްޓާ އެނބުރި އައިސް މިރޭ ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

ސަޕްނާ ހިމަނއިގެން އެ އެޕިސޯޑްގެ ޕްރޮމޯއެއް ވެސް އަންނަނީ ދައްކަމުންނެވެ.

"ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަނެއްގެ ގޮތުގައި މިދިޔަ އަހަރު ފެށީ އިރު، ސަޕްނާގެ ކެރެކްޓާ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އޮތެވެ. އެހެންވެ އެ ކެރެކްޓާ އަލުން ގެންނަން ޝޯގެ ފޭނުން ވަރަށް ބޮޑަށް ޑިމާންޑް ވެސް ކުރަމުންނެވެ. ކުރުޝްނާ ސަޕްނގެ ގޮތުގައި އަންނަން ދެކޮޅު ހެދީ ޝޯގެ ޓީމާ އެކީ ފީގެ މައްސަލަގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ. އޭރު ކުރުޝްނާ ބުނެފައި ވަނީ ޝޯގައި މަސައްކަތްކޮށްގެން ހައްގު މިންވަރު ނުލިބޭ ކަމަށެވެ.

ނަމަވެސް އެނބުރި އައުމާ ބެހޭ ގޮތުން ބޮލީވުޑްގެ ކުރީގެ ތަރި ގޯވިންދާގެ އާއިލާ އަށް ނިސްބަތްވާ ކުރުޝްނާ ބުނީ ސޮނީ އާއި "ކަޕިލް ޝަރުމާ ޝޯ" ގެ ޓީމަކީ އާއިލާއެއް ކަހަލަ ބައެއް ކަމަށާއި އެނބުރި އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޝޯ އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ ޝޯއެކެވެ.

ޝޯގެ ހޯސްޓަކީ އޭގެ ނަން ނިސްބަތްވާ ކުޅަދާނަ ކޮމީޑިއަން ކަޕިލް ޝަރުމާ އެވެ.