Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޖެޓް ފިއުލްއަށް ހާއްސަ ބާޖެއް އެސްޓީއޯއިން ގެނެސްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލް އުފުލުމަށް ހާއްސަ ބާޖެއް އެސްޓީއޯ އިން ގެނެސްފި އެވެ.

"ލަގަނާ" ބާޖަކީ އެސްޓީއޯއާއި އައިލެންޑް އޭވިއޭޝަން ސާވިސަސް އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓައް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކޮށްގެން ގެނައި ބާޖެކެވެ.

ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކު ބަނދެފައިވާ މި ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނައިރު، ޒަމާނީ މިނެކިރުމުގެ އާލާތްތައް ބެހެއްޓިފައި ހުންނާނެ އެވެ.

އެސްޓީއޯ އިން ބުނީ، އާ ބާޖާއެކު އުޅަނދުގެ ކްރޫންނަށް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސްއާއި އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓާ ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް އެސްޓީއޯއިން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސްޓީއޯއިން މާލޭގައި ގާއިމުކުރި ލެބޯޓްރީގައި ޓެސްޓްކުރާނެ އެވެ.