ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ގެނައި، ބަދަލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.
އެގޮތުން އެވެރެޖްކޮށް 20،459ރ. ލިބޭ ރެޖިސްޓަޑް ނަރުހެއްގެ މުސާރަ މިހާރު ވަނީ 29،271ރ. އަށް ބޮޑުކޮށްފަ އެވެ. ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976ރ. ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.
ސީނިއަ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727ރ. ކަމަށް ވިޔަސް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް ދެން މަހަކު 41،541ރ. ލިބޭނެ އެވެ. ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137ރ. އަށް ބޮޑުކޮށްފަ އެވެ.
ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944ރ. ނަމަވެސް މުސާރަ އަށް ގެނައި ބަދަލާ އެކީ އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް ދެން މަހަކު 21،585ރ. ރުފިޔާ ލިބޭނެ އެވެ.
#Livestream: President @ibusolih unveils new salary structure for the health sector https://t.co/0KFnwnWcT0
— The President's Office (@presidencymv) April 30, 2023
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ އެކު، އަންނަ މަހުގެ އިން ފެށިގެން ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ އަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން އޮތީ ނިންމައިފަ އެވެ.
އަދި ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުނަށް ވެސް ވެސް މާދަމާ އިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެޑިކަލް އަދި ޑެންޓަލް އިންޓާން ޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަން އެލެވަންސެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށާއި ސިއްހީ ދާއިރާ އިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9،838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެ އެވެ. ކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.