Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހަތަރު މީހަކާ އެކީ ދޯންޏެއް ދިޔަވެއްޖެ

ހަތަރު ދިވެހިން ތިބި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެތަނުން މިއަދު ބުނީ މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށް ދަތުރުކުރަމުން ދިޔަ "މާކުރީ 7" ދޯނި އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ދާން ދަތުރު ފަށާފައިވާ ކަމަށެވެ. އެ ދޯނި މި ވަގުތު އޮތީ ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަޙައްދަށް ދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.