ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ކްލޯތިން ބްރޭންޑް، "ޑި'ޔަވޯލް އެކްސް" ގެ އުފެއްދުންތައް އަގުބޮޑުކަމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މި ލަގްޒަރީ ސްޓްރީޓްވެއާގެ ލިމިޓެޑް ކަލެކްޝަންގެ އުފެއްދުންތަކުގެ އަގުތައް އުޅެނީ 25،000-47،000 ރުޕީސް (305.65-574.63 ޑޮލަރު) އާ ދެމެދުގަ އެވެ.
#AskSRK #DyavolX @iamsrk Bhaai it’s in my cart but this is definitely not street wear it’s like Jannat wear normal people wont be abel to afford it. Waise jacket main gold Wold hai kia bhai .. surprise surprise !! pic.twitter.com/2yKioTDHZD
— imjustYP (@yasin09396070) April 30, 2023
އެހެންވެ އުފެއްދުންތަކުގެ އަގުބޮޑެވެގެން މިއީ އާދައިގެ ބަޔަކާ އެކަށީގެންވާ ވަރުގެ ބްރޭންޑެއް ނޫން ކަމަށް ބުނެ ޓްވިޓާގައި ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
Need ₹200,555 on urgent requirement…..🫠✌🏻#DyavolX #SRK @iamsrk
— Amaan Shaikh (@iamaansk) April 30, 2023
ބައެއް މީހުން ބުނި ގޮތުގައި "ޑި'ޔަވޯލް އެކްސް" އުފެއްދުމެއް ގަނެފި ނަމަ ދެން ތިބެން ޖެހޭނީ ނުކައިނުބޮ އެެވެ. އަދި އަގުބޮޑު ވިޔަސް މިއީ ތަންކޮޅެއް ބޮޑުވަރު ކަމަށް ވެސް ބުނެފައިވެ އެވެ. ބައެއް މީހުން ވަނީ އިންސްޓޯލްމަންޓަށް އުފެއްދުން ލިބިދާނެތޯ ވެސް ސުވާލުކޮށް، ފާޑު ކިޔައިފަ އެވެ.
Hello #ShahRukhKhan𓀠 yeh installment me khareed skate hain kya ??? 😂😂😂@iamsrk #AryanKhan #DyavolXApril30 #DyavolX pic.twitter.com/IwaZeHuyJM
— RohitReacts (@RohitReacts91) April 30, 2023
"ޑި'ޔަވޯލް އެކްސް" ގެ އުފެއްދުންތައް ރަސްމީކޮށް ވިއްކަން ފެށީ އިއްޔެ އެވެ. އަދި ބްރޭންޑް އިޝްތިހާރު ކުރަނީ ޝާހްރުކާއި އަރިއަން އެވެ.
އެގޮތުން ދެބަފައިން އެކީގައި ފެންނަ އިޝްތިހާރެއް އަރިއަން ޑައިރެކްޓްކޮށް ޕްރޮމޯޝަނަށް ދޫކޮށްލާފައިވެ އެވެ.