Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މެންބަރު ހަސަން ޒަރީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މެންބަރު ޒަރީރަށް ހަމަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވަނީ މި ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 05:08 ގައި ކަމަށެވެ.

މި ހަމަލާގައި ލިބުނު ޒަހަމްތަކަށް މެންބަރު ޒަރީރަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ.