Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އަރިއަަންގެ ސީރީޒަކީ "ސްޓާޑަމް"

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރާ ސީރީޒްގެ ނަމަކީ "ސްޓާޑަމް" ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަަކުން ބުނީ މިއީ ފިލްމީ ދާއިރާގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ހަ އެޕިސޯޑްގެ އެއްޗެއް ކަމަށެވެ. "ސްޓާޑަމް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަރިއަން އަަދި ރަސްމީކޮށް ނުދެ އެވެ. އެކަމަކު މި ޕްރޮޑިއުސްކުރާނީ އާއިލީ ފިލްމި ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓުންކަން ކަށަވަރުކޮށް ދީފައިވެ އެވެ.

ސީރީޒްގެ ސްކްރިޕްޓް ނިންމާލައި، އޭގެ ޝޫޓިން އަށް ތައްޔާރުވާ ވާހަކަ ޑިސެމްބަރު މަހުގެ ކުރީކޮޅު 25 އަހަަރުގެ އަރިއަންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އަރިއަން އަކީ އެމެރިކާގެ ސަދަން ކެލިފޯނިއާ ޔުނިވަސިޓީން ފިލްމު މޭކިން އިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ ޒުވާނެކެވެ.

އަަރިއަން ސްކްރީން ރައިޓަރެއް އަދި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އިރު، އޭނަގެ ކްލޯތިން ބްރޭންޑް "ޑި'ޔަވޯލް އެކްސް" ގެ އިޝްތިހާރެއް ބައްޕައާ އެކު ކުޅެ، ޑައިރެކްޓްކޮށްފައިވެ އެވެ.