Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

މާސްޓަޝެފް އޮސްޓްރޭލިއާގެ ހޯސްޓަކު މަރުވެއްޖެ

ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެއް ކަމަށްވާ "މާސްޓަޝެފް އޮސްޓްރޭލިއާ" ގެ 16 ވަނަ ސީޒަން އިއްޔެ ރޭ ފަށާފައި ވަނިކޮށްށް އޭގެ ހޯސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޖޮކް ޒޮންފްރިލޯ މަރުވެއްޖެ އެވެ.

ޝޯ ގެނެސްދޭ ނެޓްވޯކް 10 އިން ބުނީ ކުއްލި ގޮތަކަށް އޭނަ މަރުވީ އިއްޔެ ކަމަށެވެ. މަރުވި އިރު، ޖޮކްގެ އުމުރަކީ 46 އަހަރެވެ. އަދި އޭނަގެ އަންބަކާއި ހަތަރު ދަރިން އެބަތިއްބެވެ.

ޖޮކްގެ މަރާ ގުޅިގެން އާއިލާ އިން ނެރުނު ބަަޔާނެއްގައި ބުނީ އާއިލާ އަށް ފޫނުބުނެއްދޭ ވަރުގެ ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އޭނަގެ ހަނދާންތައް އާއިލާގެ އިތުރުން "މާސްޓަޝެފް އޮސްޓްރޭލިއާ" ބަލާ މީހުން އަބަދު ވެސް އާކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތަށް އުފަން ޖޮކް އާއިލާއާ އެކީ އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރީ 2020 ގަ އެވެ.

އަމިއްލަ ރެސްޓޯރަންޓްތަކެއް އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ވެސް ހިންގަމުން އައި ޖޮކް ކެއްކުމާ ބެހޭ ފޮތް ވެސް ލިޔެފަައިވެ އެވެ.