Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އާލިއާގެ މެޓް ގާލާގެ ފެނިލުން ދައްކާލައިފި

އިއްޔެ އެމެރިކާގެ ނިއު ޔޯކްގައި ފެށި މި އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އަލަށް ބައިވެރިވެ، އެ އިވެންޓްގެ އޭނަަގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.

އެކްޓަރު ރަންބީރްގެ އަންހެނުންގެ ފުރަތަމަ ފެނިލުން ދައްކައިލީ ވަރށް ސާދާކޮށް ފަރުމާކޮށްފައިވާ ހުދު ކުލައިގެ ބްރައިޑަލް ގައުންއެއްގަ އެވެ. މީގެ ފޮޓޯތަކެއް ވެސް އާލިއާ ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ އޭނަގެ އެ ލުކްގެ އިންސްޕިރޭޝަނަކީ ކުރީގެ ސުޕަމޮޑެލް ކްލައުޑިއާ ޝިފާގެ 1992 ގެ ޝެނެލް ބްރައިޑަލް ލުކް ކަމަށެވެ.

އާލިއާގެ ހިތްގައިމު ގައުން ތައްޔާރުކޮށްފައި ވަނީ 100،000 ޕާލް ވެސް ބޭނުންކޮށްގެން ކަމަށް ބުނެފައިވެ އެވެ.

ފެޝަނުގެ ދުނިޔޭގެ "އާދަ ފޫވައްޓާ" ކަހަލަ އެތައް ފަރުމާއެއް އަބަދު ވެސް ފެންނަ މެޓް ގާލާގެ މި އަހަރުގެ އިވެންޓްގައި އާލިއާ އަލަށް ބައިވެރިވި އިރު، މި ފަހަރުގެ އިވެންޓްގެ ތީމަކީ 2019 ގައި މަރުވި ޖަރުމަންގެ ފެޝަން ޑިޒައިނަރު ކާލް ލެގަފީލްޑް ގުޅުވއިގެން "ކާލް ލެގަފީލްޑް: އަ ލައިން އޮފް ބިއުޓީ" އެވެ.

މި އިވެންޓަަށް އާލިއާ ދިޔަ އިރު، އޭނަ އޮތީ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފ އެވެ. އެއީ އޮގަސްޓް ޕްރީމިއާކުރަން ހަމަޖެހިފައިވާ "ހާޓް އޮފް ސްޓޯން" އެވެ. ޓޮމް ހާޕާ ޑއިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ގަލް ގެޑޯ އާއި ޖެމީ ޑޯނަން ހިމެނެ އެވެ.