Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ރައީސްގެ ސިޓީގެ ސަބަބުން ބައެއް ގެއްލުނު ކަމަށް ނުދެކެން

އަހުމަދު މުއިއްޒު--

ޗާގޯސްގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ކަމަށް ބުނާ ސިއްރު ސިޓީއާގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސްގެ މައްސަލައިގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ އިޓްލޮސްއިން ނިންމި ނިންމުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.

"ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން." މުއިއްޒު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ޤާސިމް ވިދާޅުވީ ޗާގޯސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި އިޓްލޮސް އިން އިއްވި ޙުކުމަކީ އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމަށެވެ.

ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، އިޓްލޮސްގެ ހުކުމުން އެނގެން އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.