މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމު "ތޫ ޖޫޓީ މޭ މައްކާރު" މާދަމާ ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމައިފި އެވެ.
މާޗް މަހުގެ 8 ގައި ރިލީޒްކުރި މި ފިލްމަކީ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު ރޮމޭންޓިކް ކޮމެޑީއެކެވެ. ލަވް ރަންޖަން ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރް ވެސް ހިމެނެ އެވެ.
ރަންބީރާއި ޝްރަދާގެ ޖޯޑު ބޮޑު ސްކްރީނަށް އަލަށް ގެނައި "ތޫ ޖޫޓީ މޭ މައްކާރު" އަކީ ބޮކްސް އޮފީހުގައި 219.72 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމު ހެދީ 200 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.