Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އިންޑިއާއިން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ހަވާލުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ކޯސްޓްގާޑުގެ ޝިޕް "ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އުޅަނދު ކޮމިޝަން ކުރުމަށް މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އޯފްޝޯ ޕެޓްރޯލް ވެސަލް ކޮމިޝަން ކޮށްދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

"ސީ.ޖީ.އެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ހަދިޔާކުރި މަނަވަރު ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ޤައުމީ ދިދަ، ކޮމާންޑިންގ އޮފިސަރަށް ހަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސް ސޯލިހެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި، އޯފްޝޯރ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިންގ ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގއެވެ.