Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޕަރިނީތީގެ އެންގޭޖްމަންޓް 13 ގައި

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އެންގޭޖްމަންޓް ހަފުލާ މި މަހުގެ 13 ގައި އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ހަފުލާ އޮންނާނީ ވެރިރަށް، ނިއު ދިއްލީގަ އެވެ. މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަަރި ޕަރިނީތީ ރައްޓެހިވެގެން އުޅެނީ ރާގަވް ޗައްޑާއާ އެވެ. ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ. އަދި އޭނަ އަކީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެކެވެ.

ރާގަވްއާ ރައްޓެހިވެގެން އުޅޭކަން ޕަރިނީތީ ކަށަވަރުކޮށް ނުދިން ނަމަވެސް މި ފަހުން އެ ދެ މީހުން އެކީގައި ފެނުން ވަރަށް އާންމެވެ. އަދި އެ ދެ މީހުންގެ ގާތް ބައެއް މީހުން ވަނީ ވަރަށް އަވަހަށް ކައިވެނިކުރާނެކަން ވެސް ކަށަވަރުކޮށް ދީފަ އެވެ.