މާލެ ސިޓީ ކައުންސިލުން ގަސް ވިއްކުމުގެ ފެއާއެއް ބާއްވަން ނިންމައިފި އެވެ.
އެ ކައުންސިލުން ބުނީ "މާލެ ފެހި ފެއާ 2023" ގެ ނަމުގައި ބާއްވާ ފެއާ އޮންނާނީ މި މަހުގެ 11-13 އަށް އާޓިފިޝަލް ބީޗްގައި ކަމަށެވެ. އެހެންވެ މި ފެއާގައި ގަސް ވިއްކާ ފަރާތްތައް ބައިވެރިކުރުމުގެ ގޮތުން 15 މޭޒު ޢާއްމުކޮށް ވިއްކުމަށް ވަނީ ނިންމައިފަ އެވެ.
މޭޒެއްގެ އަގަކީ 3 ދުވަހަށް 1،500ރ. ކަމަށާއި މޭޒުތައް ތައްޔާރުކުރުމާއި ބޭނުންވާ ކަރަންޓް ފޯރުކޮށް ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ ފެއާގައި ބައިވެރިވާން ބޭނުންވާ ގަސް ވިއްކާ ފަރާތްތަކަށް މި މަހުގެ 10 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ކައުންސިލްގެ މާވެހި ޕޯޓަލް https://forms.gle/r68TqtNcGjbcsENb7 މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.
ކައުންސިލުން ބުނީ މޭޒުތައް ވިއްކާނީ އެދޭ ތަރުތީބުން 15 މޭޒު ހަމަވަންދެން ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 9990080 އާއި ކައުންސިލްގެ ހޮޓްލައިނުން 1622 ލިބޭނެ އެވެ.
މާލެ ކައުންސިލުން ގަސް ވިއްކުމުގެ ފެއާއެއް ބާއްވަން ނިންމި އިރު، ކައުންސިލުން މިދިޔަ ގަހާއި ގަސް ހައްދަން ބޭނުންވާ ތަކެތި ވިއްކަން ފިހާރައެއް ވެސް ހުޅުވާފައިވެ އެވެ،