Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕްރެޒިޑެންޓްސް ކަޕް މާޒިޔާ އަށް

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާ ސްޕޯޓްސް އިން ކާމިޔާބުކޮށްފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗްގައި އީގަލްސްއާ ދެކޮޅަށް ނުކުމެ އެ ޓީމް މުބާރާތް ކާމިޔާބުކުރީ 2-0 އިންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ތައްޓާއި މެޑެލް ހަވާލުކޮށްދެއްވި އެވެ.

އެ ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް) ގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވަނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ބޭނުންކުރާ ޖާޒީއެއް ރައީސަށް ވެދުމަށް އަރުވައިފަ އެވެ.

ރޭ ނިންމާލި މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕަކީ މީގެ 69 ވަނަ މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 1946 ގަ އެވެ.