އައިޖީއެމްއެޗުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން، ދުވަސްވީ މީހެއްގެ އަތުގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ 85 އަހަރުގެ ދިވެހި އަންހެނަކަށް ނުބައި އިންޖެކަޝެއް ދީގެން، އެ މީހާގެ އަތުގެ ހަތަރު އިނގިއްޔެއް ބުރި ކުރަން ޖެހުނު ކަމަށް ބުނާ ތުހުމަތުކެއް ޝޯޝަލް މީޑީއާގައި ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
‼️🚨 Breaking News
An 85 year old disabled woman’s fingers have been chopped off by @igmhmv after giving her a wrong injection (more pictures below). She went to Muli hospital after she fell into the bathroom, from where she was referred to IGMH.
IGMH gave her a wrong… pic.twitter.com/mgjwlLUjH5
— Hassan Kurusee (@HKurusee) May 2, 2023
އެ ވާހަކަ އާންމުކުރީ "ހަސަން ކުރުސީ" ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން އެ މީހާގެ ޑިސްޗާޖް ސަމަރީ ރިޕޯޓާއި އަތުގެ ފޮޓޯތަކަކާ އެކީގަ އެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ދެނެގަނެ، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ، ހޮސްޕިޓަލުގައި އެކުލަވާލާފައިވާ އެފަދަ މައްސަލަ ބަލާ ކޮމިޓީން ތަހުގީގު ކުރަމުން އަބްނަ ކަމަށެވެ.
"މި ކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ." ބަޔާނުގައި ބުންޏެވެ.