Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"ލޯބިވެވިއްޖެ" ގެ ޕްރީމިއާ މިރޭ

އަލީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމު "ލޯބިވެވިއްޖެ" މިރޭ އޮލިމްޕަސް ސިނަމާގައި ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

ގިނަ ދުވަސްތަކެއްގެ ޕްރޮމޯޝަނަށް ފަހު ބެލުންތެރިންނަށް މިރޭ ފިލްމު ދޫކޮށްލާނީ ކުލަގަދަ ޕްރީމިއާ ނައިޓަކާ އެކީގަ އެވެ. މިރޭ އޮލިމްޕަހުގައި "ލޯބިވެވިއްޖެ" ޕްރީމިއާކުރުމަށް ފަހު، މާދަމާ ރެއިން ފެށިގެން ތިން އަތޮޅެއްގައިި ފިލްމު ދައްކަން ފަށާނެ އެވެ. އެއީ އައްޑޫގެ އިތުރުން ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.

ސީޒަންއާ އެކީ "ލޯބިވެވިއްޖެ" ގެ ބަތަލާއިންގެ ރޯލު ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް މާލެ އާއި ތިނަދު އާއި ސްރީ ލަންކާގައި ވެސް ޝޫޓްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަން (އާނަންދު)، އިރުފާނާ އިބްރާހިމް، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޝާފިއު (ފުބޫ) އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

ސީޒަން ޑައިރެކްޓްކޮށް، ކުޅެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2020 ގެ "އަނދިރިކަން" އެވެ.

"ލޯބިވެވިއްޖެ" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ ވިޝާލް ޒަކީ ޑައިރެކްޓްކޮށް މިދިޔަ މަހުގެ 25 ގައި ޕްރީމިއާކުރި "ވަނާޖުބޭސާ" އެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ފެބްރުއަރީ 6 ގައި ޕްރީމިއާކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" އެވެ.