Last Updated: July 25, 11:22
Saturday, July 25, 2026
ޚަބަރު

ރައީސް މިރޭ ޔޫކޭ އަށް ފުރާވަޑައިގަންނަވަނީ

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ސޯލިހް ލަންޑަނަށް ކުރައްވާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލަސްގެ ކޮރޮނޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ކިންގް ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތު އޮންނާނީ މޭ 6 ވަނަ ދުވަހުއެވެ.

މިއުވާން ވިދާޅުވީ ރައީސް ސޯލިހްގެ މިދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތް ލީޑަރުންގެ އިވެންޓެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނެ ތާރީހެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.