Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މުލީ ބަނދަރު މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން، 33،888 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ބޭސިން ފުންކުރުމާއި، 6،254 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 479 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.