Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އެސްޓީއޯއިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

ދިވެހި ރާއްޖޭގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ބާއްވަން އެސްޓީއޯއިން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މި މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައިވަނީ ތިން އުމުރުފުރާއަކަށެވެ. މުބާރާތުގައި ބައިވެރިވާ އުމުރުފުރާތަކަކީ 6 އަހަރުން ދަށް، 7 އަހާރާއި 11 އަހާރާއި ދެމެދުގެ އުމުރުފުރާ އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރާއެވެ. މިއިން ކޮންމެ އުމުރުފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވައި އަގު ހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މުބާރާތުގައި 3 ތީމެއް ވަނީ ކަނޑައެޅިފައެވެ. އެއީ "ޔޯ ޑްރީމް ބްރެކްފާސްޓް މޮމެންޓް" ، ޑިޒައިން ޔޯރ ޑްރީމް ހައުސް އަދި ހެލްތީ ލައިފް ސްޓައިލްއެވެ. ކުރެހުންތަކުގައި އެސްޓީއޯގެ ޕްރޮޑަކްޓެއް ހިމަނަން ވާނެއެވެ.

މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތައް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން މެއިލް ކުރަން ޖެހެއެވެ. މެއިލް ކުރާނީ ކުރެހުމުގެ ނަމާއި، ކުރެހި ދަރިވަރުގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހިމަނާފައި [email protected] އަށެވެ. މުބާރާތުގެ އުސޫލު އެސްޓީއޯ ވެބްސައިޓުގެ ވަނީ ޝާއިއު ކުރެވިފައެވެ.