ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ ކަމަށްވާ ވޯލްޑް ބޭންކްގެ ރައީސަކަށް އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ މީހަކު އިންތިހާބުކޮށްފި އެވެ.
ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނޮމިނޭޓްކޮށް، އެ މަގާމަށް އައްޔަންކުރީ އަޖޭ ބަންގާ އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވޯލްޑް ބޭންކްގެ ރައީސް ކަމަށް އޭނާ ހޮވީ ވޯލްޑް ބޭންކްގެ ގަވަރުނަރު ބޯޑުން އިއްޔެ އެވެ. އަޖޭ، 63، އަކީ މާސްޓަކާޑްގެ ސީއީއޯ އެވެ.
ވޯލްޑް ބޭންކަށް އާ ރައީސަކު އިންތިހާބުކުރި އިރު، މިހާރު އެ މަގާމުގައި ހުންނެވި ޑޭވިޑް މަލްޕަސްގެ ދައުރު ހަމަވާނީ އަންނަ މަހުގެ 1 އަށެވެ.
The Executive Directors of the @WorldBank today selected Ajay Banga as the President of the World Bank. Mr. Banga begins his five-year term on June 2, 2023.
Read the news release: https://t.co/xeSDLCwGUn pic.twitter.com/2Q2MVT0VBH
— World Bank (@WorldBank) May 3, 2023
ވޯލްޑް ބޭންކްގެ އާ ރައީސަކަށް އަޖޭ ހޮވުމާ ގުޅިގެން ބައިޑެން އެ ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ އަޖޭ އަކީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައި އޮތް މާލީ އަދި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރެއްވޭ ފެންވަރުގެ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.
އަޖޭ ވާނީ ވޯލްޑް ބޭންކްގެ ރައީސްކަން ކުރައްވާ 14 ވަނަ ބޭފުޅާއަށެވެ. އޭނަ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ 2 ގަ އެވެ.