Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އަސްކަރީ ބަނދަރު "އެކަތަ" އިފުތިތާހުކޮށްފި

ސިފައިން ބޭނުންކުރަމުން އަންނަ ސިފަވަރުގައި ތަރައްގީ ކުރަން ނިންމާފައިވާ އަސްކަރީ ބަނދަރު "އެކަތަ" އިފުތިތާހުކޮށްފި އެވެ.

އެ މަޝްރޫއު އިއްޔެ އިފްތިތާހުކޮށް ދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ ވަނަ ފެބްރުއަރީ 21، 2021 ގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި ހާބާ ފެސިލިޓީއަކާއި ސްލިޕްވޭއަކާއި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

އެއްބަސްވުމުގައިވާ ގޮތުގެމަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނުކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި އިންޑިއާ އިން 15 އަހަރު ދުވަހުގެ މުއްދަތަކަށް އެހީތެރވެދޭނެ އެވެ.