Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދުވާފަރު މަގުގައި ތާރު އަޅައި ނިންމާލައިފި

ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ ރ. ދުވާފަރުގެ މަގުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހާވާލުކުރި މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2021 ވަނަ އަހަރު ނިންމާލާފައިވާ ކަމަށާއި، މި އަހަރުގެ މާރިޗް މަހު ދުވާފަރުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނި ފިޔަވަހިވެސް ނިމިފާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން މިހާރު ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ތާރުއަޅާ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، 19,797.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި، 6,003.85 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.