Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގެއްލުނު ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި

މާލެއިން މުދާ ހިފައިގެން މ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މ. ސަވާރީ ބޯޓުން ދަތުރު ކުރި މީހުން ހޯދައިފިއެވެ.

އެމްއެންޑިއެފްއިން ބުނެފައިވަނީ މ.ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މިމީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.

މ. ސަވާރީ ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.