ޓޫރިޒަމް ދާއިރާގެ ހައުސް ކީޕީންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭރުގައި ޚާއްސަ ތަމްރީން ޕްރޮގުރާމެއް ހިންގުމަށް މޯލްޑިވިސް ހައުސް ކީޕާ އެސޯސިއޭޝަން (އެމްއެޗްއޭ) އިން ނިންމައިފި އެވެ.
އެ ޖަމިއްޔާ އިން ބުނީ މި އަހަރުގެ ތަމްރީނު ޕްރގްރާމްގައި 22 މީހަކު ބައިވެރިވާނެ ކަމަށާއި ޓްރެއިން ކުރިއަށް ދާނީ އިންޑިއާގައި ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު އެ ޕްރޮގުރާމްގެ ބައިވެރިން އެ ގައުމަށް ފުރާނެ އެވެ.
މޯލްޑިވިސް ހައުސް ކީޕާ އެސޯސިއޭޝަނަކީ ހައުސް ކީޕީންގެ ދާއިރާއިން ތައުލީމީ ހުނަރުވެރި ޤާބިލު މީހުން އުފެއްދުމާއި އެދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރި އަދި ފަންނީ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.