ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ދަރިއަކު ހޯދަން ޕްލޭންކޮށްފައި އޮތީ ސޮއިކޮށްފައި އޮތް ދެ ޕްރޮޖެކްޓެއް ނިންމައިލުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް އެކާވީހުގައި އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި 39 އަހަރުގެ ބަތަލާގެ ވަރަށް ގާތް ބަޔަކާ ހަވާލާދީ އީ-ޓައިމްސް އިން ބުނީ ކެޓްރީނާ ދަރިއަކު ހޯދަން ޕްލޭންންކޮށްފައި އޮތީ މިދިޔަ މިދިޔަ އަހަރު ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "މެރީ ކްރިސްމަސް" އާއި ޑައިރެކްޓަރު ފަރުހާން އަޙްތަރުގެ "ޖީ ލޭ ޒަރާ" ގެ ޝޫޓިން އެއްކޮށް ނިންމާފައި ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާސްޓްގައި ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓް ވެސް ހިމެނޭ "ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު ހިސާބުގައި ފަށާނެ އެވެ. މި ފިލްމަކީ އެންމެ ފުރަތަމަ މި އަހަރުގެ ޖޫންގައި ރިލީޒްކުރާ ގޮތަށް އިއުލާންކުރި ފިލްމެކެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކެޓްރީނާ ބަލިވެއިންކަމުގެ އަޑުތަކެއް އެރި އެވެ.
އޭނަ ދެން އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ ކުރީގެ ލޯބވެރިޔާ ސަލްމާން ޚާނާ އެކީ ކުޅެފައިވާ "ޓައިގާ 3" އެވެ. މި ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފޯން ބޫތު" އެވެ.