Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ޔާމީނާ ގުޅޭ ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ނުހައްގުން ޝަރީއަތްކޮށް ޖަލުގައި އަނިޔާ ދެމުން އަންނަ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އެކަމާ ގުޅޭ މައުލޫމާތު އީޔޫއާ ހިއްސާކޮށްފި އެވެ.

އެންސީގެ ނައިބު ރައީސްގެ މަގާމުގައު ހުންނެވި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާގައި ތިއްބަވާ އީޔޫގެ ވަފުދަކާ އެކޯލިޝަނުން ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އީޔޫގެ ވަފުދާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ރައީސް ޔާމީނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތަކާއި އިންސާފު ހޯދުމަށް ހުރި ގޮން ޖެހުންތަކާއި އަދި އެމަނިކުފާނަށް ދެމުންގެންދާ އަނިޔާގެ ވާހަކަ ހިއްސާކުރެއްވި ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ލަންކާ އަށް ކުރާ ދަތުރުފުގައި ބައިވެރިވެ ވަޑައިގަންނަވަނީ މެމްބަރު ސައީދުގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް މީގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ބޭރުގެ އެކި ފަރާތްތަކާ ހިއްސާކޮށްފައިވެ އެވެ.