ޕީޕީއެމް އަށް ގިނަ ކައުންސިލަރުންތަކެެއް ސޮއި ކުރައްވައިފި އެވެ.
ކައުންސިލަރުންތަކެއް ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ އިންތިޤާލީ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރޭ ސޮއި ކުރެއްވީ ވ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އިބްރާހިމް ނިޔާޒް އާއި ވ.އަތޮޅު ކައުންސިލްގެ މެންބަރު ޢަބްދުއް ރަޝީދު ޢައްބާސް އާއި ވ.ފެލިދޫ ކައުންސިލްގެ ރައީސް ޙަސަން ޢަލީ އާއި ވ.ފެލިދޫ ކައުންސިލްގެ ނާއިބު ރައީސް ޢަލީ އިސްމާޢީލް އާއި ވ.ފެލިދޫ ކައުންސިލް މެންބަރު ޢަލީ ރަޝީދު އާއި އަދި ހަމަ އެރަށު ކައުންސިލް މެންބަރު ފާޠިމަތު ޝާޒްލީ އެވެ.
އަދި އެރަ ށުގެ ޕީޕީއެމްގެ ކަންތަކުގައި އިސްކޮށް އުޅުއްވާ 3 ބޭފުޅަކު ވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި ސޮއިކުރައްވާފަ އެވެ. މީގެ އިތުރަށް ބ އަތޮޅާއި ގއ އަތޮޅުގެ ކައުންސިލަރުން ވެސް މި ރަސްމިއްޔާތުގައި ސޮއި ކުރެއްވި އެވެ.
ބ. އަތޮޅުގެ ކައުންސިލް މެންބަރު ހުސެއިން ޒަމީލް ގެ އިތުރުން ދެން ސޮއި ކުރެއްވީ ގއ.ދެއްވަދޫ ކައުންސިލްގެ ރައީސް އަޙްމަދު ޒާހިރު އާއި ޝަމްހީދާ ޒާހިރުއެވެ. އަދި ގއ.ވިލިނގިލި ކައުންސިލްގެ ނާއިބު ރައީސް ނަޞީރު ޢަލީއެވެ.
ރޭގެ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވުނު ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް އާއި ތިން ކައުންސިލަރުންގެ ފޯމު ވަނީ ޕީޕީއެމްގެ އިންތިޤާލީ ރައީސް އާ ޙަވާލު ކުރައްވާފަ އެވެ.