މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނުވަ ބުރީގެ އޮފީސް އިމާރާތެއް ހަދަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ހައްޖާއި އުމްރާ އަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނިން ބުނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އެ އިމާރާޔް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި މެއިލަށް [email protected] މެއިލްކުރަން ހައްޖު ކޯޕަރޭޝަނުން އެދިފައިވެ އެވެ.