Last Updated: July 26, 12:01
Sunday, July 26, 2026
މުނިފޫހިފިލުވުން

ބަތަލާ އެމްބާ ހާޑް ހޮލީވުޑް ދޫކޮށްލައިފި؟

އެމެރިކާގެ ބަތަލާ އެމްބާ ހާޑް ހޮލީވުޑް ދޫކޮށްލައި، މިހާރު ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އއެވެ.

މީޑިއާތަކުން ބުނީ އޭނަ ފިލްމު ކުޅުން ހުއްޓާލަން ނިންމުމަށް ފަހު، މިހާރު ދިރިއުޅެމުން އަންނަނީ މެޑްރިޑްގައި ކަމަށެވެ. ނަމަވެސް ހޮލީވުޑް ދޫކޮށްލިކަން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.

އެމްބާ އަކީ ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީ ޑެޕްގެ ކުރީގެ އަންހެނުންނެވެ. ޑެޕް ގާތުން 2016 ގައި ވަރިވާން ނިންމުމަށް ގަހު އޭނަގެ މައްޗަށް ގެވެށިއަނިޔާގެ ގިނަ ތުހުމަތުތަކެއް އެމްބާ ކުރި އެވެ. އެކަމާ ގުޅިގެން އޭނައާ ދެކޮޅަށް ޑެޕް ކުރި އަބުރުގެ ދައުވާ ޑެޕަށް ކާމިޔާބުވެ، އެމްބާގެ ފަރާތުުން މާލީ ބަދަލު ވެސް ދޭން ޖެހުނެވެ.

"ޖަސްޓިސް ލީގް" އާއި "ޕައިންއެޕަލް އެކްސްޕްރެސް" އާއި "ދަ ވާޑް" އަދި "ލަންޑަން ފީލްޑްސް" ފަދަ ފިލްމުތައް ކުޅެފައިވާ އެމްބާ އެންމެ ފަހުން ފެނިފައި ވަނީ 2021 ގެ "ޒެކް ސްނައިޑާސް ޖަސްޓިސް ލީގް" އިންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ 2019 ގެ "އަކްއަމޭން" ގެ ސީކްއެލް "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" އެވެ.

އެމްބާ، 37، 2021 ގައި ސަރޮގޭޓްކޮށްގެން ދަރިއަކު ވެސް ހޯދާފައިވެ އެވެ.