Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މޫސާ އަންވަރު އެމްޑީޕީ އަށް ސޮއިކޮށްފި

ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އަބަދު ވެސް ފާޑު ވިދާޅުވަމުން ގެންދަވާ އަދި ޖުމްހޫރީ ޕާޓީ އަށް ނިސްވަތްވާ މޫސާ އަންވަރު އެމްޕީ އަށް ސޮއިކުރައްވައިފި އެވެ.

އައްޑޫ ހިތަދު އަށް އުފަން މޫސަ އެމްޑީޕީ އަށް ސޮއިކުރެއްވީ އޭނަ މިހާރު ދިރިއުޅުއްވަމުބް ގެންދަވާ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ. އެގޮތުން އެމްޑީޕީ އަށް އޭނަ ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގައި ރައީސްގެ ހާޒިރުގަ އެވެ.

މޫސަ ވިދާޅުވި ގޮތުގައި އޭނަ އެމްޑީޕީ އަށް ސޮއިކުރެއްވީ ރައީސްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާތީ އާއި ވެރިކަމުގެ ދެވަނަ ދައުރަކަށް ވެސް ރައީސް ސޯލިހު ގެންނަން ތާއީދު ކުރައްވާތީ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ މޫސަަ ބޮޑަށް ފާހަގަކުރެވެނީ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ.