Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ދުންޔާ އަށް ރޮޒޭގެ ރައްދެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރާ ގުޅުވައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ރޮޒޭ) ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސީ ޝާހީ އާއިލާގެ ކޮންމެ ވެސް ބޭފުޅެއްގެ ހިނިތުންވުމެއް ލިބޭތޯ ޓެކްސް ޕޭޔަރުންގެ ފައިސާއިން 9 މިލިއަން ހަރަދުކޮށްގެން ދަތުރުކުރާ އިރު ކުޑަކުދިންގެހިޔާ އަށް މި އަހަރު ބަޖެޓުކުރީ އެންމެ 9 މިލިއަން ރުފިޔާ. ކަމަށެވެ.

"[އެހެންވީމަ] އިސްކަން ދެނީ ކޮ ންކަމަކަށްތޯ. ތި ރަސްމިއްޔާތުގައި [އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ބަދަލުގައި] ޒޫމު ކޯލަކުން ވެސް [ރަސްމިއްޔާތުގައި] ބައިވެރި ވެވިދާނެ." އިނގިރޭސި ރަސްގެފާނު ޗާލްސްގެ ރަސްކަމާ ގުޅޭ ހަފުލާ އަށް ރައީސް ވަޑައިގަތުމުން ފާޑު ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ވިދާޅުވި އެވެ.

އެމްއެންޕީ އަށް ނިސްބަތްވާ ދުންޔާގެ އެ ޓްވީޓާ ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ދުންޔާ މިނިސްޓަރުކަމުގައި ހުންނެވި އިރު ރާއްޖެ އިން ބޭރަށް ދަތުރުކުރެއްވީ އަމިއްލަފުޅު ޖީބުން ޚަރަދުކުރަށްވައިގެންތޯ ސުވާލު ކުރައްވައިފަ އެވެ.

"ތަންދޮރު ނޭނގޭ މީހުން ދައްކާ ކަހަލަ ވާހަކަ ނުދައްކަވާ،" އޭނަ ވިދާޅުވި އެވެ.

ރޮޒޭ ވިދާޅުވީ ފޮރިން މިނިސްޓަރުކަމުގައި ހުންނަވައި ދައުލަތުން ބޮޑެތި ޚަރަދުތަކެއްކޮށް ދުންޔާ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގެ ނަތީޖާ ކަށްވީ ކޮމަންވެލްތުން ވަކިވުން ކަމަށެވެ. އަދި އެ ދަތުރުތަކުގެ ނަތީޖާ ކަށްވީ ދުނިޔޭގެ ގިނަ ގައުމުތަކާއި ރާއްޖެއިން ގުޅުން ކަނޑާލުން ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ތަނަކަށް ވަޑައިގަތީމަ އެކަން ހަޖަމުނުވެގެން ތިބޭފުޅުން ތި އުޅުއްވަނީ، ދައުވަތު ނުލިބުނީމާ މާބޮޑަށް ހިތްދަތިވީތޯ؟" ރޮޒޭ ވިދާޅުވި އެވެ.