Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހައްޔަރުގައި ހުރި މީހަކު ފިލައިގެން ހޯދަނީ

ރަސްދޫ ޕޮލިސް ސްޓޭޝަން-

އއ. ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ އއ. ރަސްދޫ ފުލުހުން ތަހުގީގުކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައި ހުރި 25 އަހަރުގެ ފިރިހެނަކު މޭ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ފިލާފައިވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފިލާފައިވާ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ.

ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލިކަމަށް ބުނެ ދެކެވޭ ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފައެވެ. އަދި އެމީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.