Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދިއްދޫ ކައުންސިިލް ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އދ. ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށިއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފެށިއިރު ހަވީރު 04:00 ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

އދ. ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާފައިވަނީ ދެ ކެނޑިޑޭޓެކެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ ރަޝީދާ އާދަމް، މޫނިމާގެ، އދ.ދިއްދޫ އަދި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރާ އަނީސް މުޙައްމަދު، މިޒަމާން، އދ.ދިއްދޫއެވެ.

މި އިންތިހާބުގައި ދެ ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު، ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 147 މީހުންނަށެވެ.